لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ»…

لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ» މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ." މިހެން ދިހަ ފަހަރު ކިޔައިފި މީހާ

އަބޫ އައްޔޫބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ» މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ." މިހެން ދިހަ ފަހަރު ކިޔައިފި މީހާ؛ އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން ހަތަރު އަޅުން މިނިވަންކުރި މީހެއްފަދައެވެ."

[صحيح] [متفق عليه]

الشرح

ނަބިއްޔާ ﷺ ޚަބަރުދެއްވަނީ: «لَا إِلٰهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» ކިޔައިފި މީހާ، އަދި އޭގެ މާނައަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ސުބްޙާނަހޫއީ ފުރިހަމަ ރަސްކަމުން ޚާއްޞަވެގެންވާ، އެހެން ހުރިހާ ފަރާތްތައް ފިޔަވައި ލޯބިވުމާއި ޤަދަރުދީ މާތްކުރުމާއެކު މަދަޙަޘަނާ ކިޔިގެންވުން ޙައްޤުވެގެންވާ އިލާހެވެ. އަދި އެކަލާނގެއީ އެއްވެސް ކަމެއް ކުރައްވަން ނުކުޅެދުންތެރި ނުވާ، ކުޅަދުންވަންތަ އިލާހެވެ.