ދުވާލަކު ސަތޭކަ ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ (މާނައީ: ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އެކަލާނގެއަށް ޙަމްދުކުރުމާއެކުގައިއެވެ.) ކިޔައިފި މީހާ؛ އޭނާގެ…

ދުވާލަކު ސަތޭކަ ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ (މާނައީ: ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އެކަލާނގެއަށް ޙަމްދުކުރުމާއެކުގައިއެވެ.) ކިޔައިފި މީހާ؛ އޭނާގެ ފާފަތައް ކަނޑުގެ ފޮނު ފަދައިން (އެހާ ގިނަވިނަމަވެސް) ފުހެވިގެންދެއެވެ

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ދުވާލަކު ސަތޭކަ ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ (މާނައީ: ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. އެކަލާނގެއަށް ޙަމްދުކުރުމާއެކުގައިއެވެ.) ކިޔައިފި މީހާ؛ އޭނާގެ ފާފަތައް ކަނޑުގެ ފޮނު ފަދައިން (އެހާ ގިނަވިނަމަވެސް) ފުހެވިގެންދެއެވެ."

[صحيح] [متفق عليه]

الشرح

ނަބިއްޔާ ﷺ ޚަބަރުދެއްވަނީ، ދުވަހަކު ސަތޭކަ ފަހަރު «سبحان الله وبحمده» ކިޔައިފި މީހާގެ ކުށްފާފަތައް ފުހެވި ފުއްސެވިގެންދާނޭކަމެވެ. އެއީ ކަނޑުގެ ލޮނުގަނޑު އުތުރިއަރާ ރާޅުބާނީ ހެދޭހިނދު މައްޗަށް އަރާފައި ހުންނަ ހުދު ފޮނުފަދަހާ ގިނަވެގެންވިޔަސްމެއެވެ.

فوائد الحديث

ދުވަހެއްގައި ޖެހިޖެހިގެން ނުވަތަ ވަކިވަކިން މިހެން ކިޔައިފި މީހަކަށްވެސް މި އަޖުރު ޙާޞިލުވާނެތެވެ.

ތަސްބީޙައަކީ: އުނިކަމުން ﷲ ހުސްޠާހިރުކުރުމެވެ. (ހުސްޠާޙިރުކަން ބަޔާންކޮށް އިޤުރާރުވުމެވެ.) އަދި ޙަމްދުކުރުމަކީ: ލޯބިވުމާއި ޤަދަރުދީ މަތިކުރުމާއެކު އެކަލާނގެ ފުރިހަމަވެގެންވާކަމަށް ޞިފަކުރުމެވެ.

ޙަދީޘްގައި މުރާދަކީ ކުދި ފާފަފައް ފޮހެވިގެންދާނޭ ވާހަކައެވެ. ދެންފަހެ ބޮޑެތި ފާފަތައް ދަންނައެވެ، ކޮންމެހެންވެސް އެ ކަންކަމުން ތައުބާވާން ޖެހޭނެއެވެ.